އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިިސްޓު ޝަތުފާ ހެލްތް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އާމިނަތު ޝަތުފާ ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ހަމަޖައްސައިފި އެވެ. ވެރިކަންކުރާ މައި ޕާޓީގެ ގިނަ ހަރަކާތްތަކެއްގައި ވެސް ބައިވެރި...

15 Nov 2021 | 14:01

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އާމިނަތު ޝަތުފާ ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ހަމަޖައްސައިފި އެވެ.

ވެރިކަންކުރާ މައި ޕާޓީގެ ގިނަ ހަރަކާތްތަކެއްގައި ވެސް ބައިވެރިވަމުން އަންނަ ޝަތުފާ ވަނީ މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދަައުރުގައި އެ ކައުންސިލްގައި މަސައްކަތް ކޮށްފައެވެ.

އޭނާއަށް ވަޒީފާ ދިންކަން ރަސްމީއެއްވެސް އިދާރާއަކުން މިހައިތަނަށް ހާމަކޮށްފައި ނެތަސް، ހެލްތު މިނިސްޓްރީން މީޑިއާއާއި މަޢުލޫމާތު ހިއްސާކުރާ ވައިބަރ ގްރޫޕަށް އޭނާ ވަނީ އެޑްކޮށްފަ އެވެ.

މިސަރުކާރުގައި ސިޔާސީ މަޤާމުތައް ގިނަކަމަށް ބުނެ ބައެއް ފަރަތްތަކުން ދަނީ ފާޑުކިޔަމުން ނެވެ. އަދި އެ ސިޔާސީ މަޤާމުތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް