މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ނައިބު ރައީސް މަހްރާން މުހަންމަދު މާޖިދު 1 ނޮވެމްބަރު 2021 ގައި މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޔޫނިއަން އުފެއްދުމުގައި މުއައްސިސެއްގެ ހައިސިއްޔަތުން މަހްރާން ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފަ އެވެ. އަދި ޔޫނިއަން ކުރި އެރުވުމަށްޓަކައި ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ވެއެވެ.
މަހްރާން ކޮއްދެއްވާފައިވާ އެންމެހާ ކަމަކަށް އެ ޔޫނިއަންގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ނައިބު ރައީސްގެ މަގާމުން މަހްރާން އިސްތިއުފާ ދެއްވުމާއިއެކު ހުސްވި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން، ޔޫނިއަންގެ އީ-މެއިލް އެޑްސް ([email protected]) އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ހުސްވި މަގާމުގެ އިންތިޚާބު، އެންމެ އަވަހަށް ބޭއްވޭ އަހަރީ އާންމު ޖަލްސާގައި ކުރިއަށް ގެންދެވޭނެކަމަށް ޔޫނިއަންއިން އުންމީދު ކުރާ ކަމަށް އެ ޔޫނިއަން އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް