އެމް.ޑަބްލިޔު.އެސް.ސީ ގެ ގިނަ ޚިދުމަތްތައް އޮންލައިން ކޮށް

އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ އެ ކުންފުނީގެ ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދެމުން ނެވެ. އެ ކުންފުނިން ބުނީ އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައި...

15 Nov 2021 | 13:35

އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ އެ ކުންފުނީގެ ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދެމުން ނެވެ.

އެ ކުންފުނިން ބުނީ އޮންލައިންކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ، ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެށްޓާއި ރަށްޓެހި ގޮތެއްގައި ވީހާވެސް ލުއި ފަސޭހަ ކަމާއެކު ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށެވެ.

އެގޮތުން އެ ކުންފުނިން ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ފަސޭހަކަމާއިއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭނެ އެވެ. އަދި އޮންލައިންކޮށް ފޯމް ހުށަހެޅުމާއި، ޚިދުމަތްތަކަށް ފައިސާ ދެއްކުމާއި ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުތައް ހޯދައި ލިބިގަނެވޭނެ އެވެ.

އެ ކުންފުނިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ކުންފުނީގެ ޚިދުމަތްތައް އޮންލައިންކޮށް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެނީ ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

މިގޮތުން އެ ޕްލެޓްފޯމްތަކަކީ، އެމް.ޑަބްލިޔު.އެސް.ސީ މޯބައިލް އެޕްލިކޭޝަން، އީ-ޕޯޓަލް، އީ-ޕޭ، ބޭންކް ޓްރާންސްފާ އަދި ސެލްފް ސަރވިސް ކިއޮސްކް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް