ކަފާލާތުގެ ދަށުން ދޫކޮށްލި އައްމަޓީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި

ކަފާލާތުގެ ދަށުން ދޫކޮށްލި ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ. އޭނާގެ ޢާއިލާގެ ބައެއ...

15 Nov 2021 | 13:13

ކަފާލާތުގެ ދަށުން ދޫކޮށްލި ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

އޭނާގެ ޢާއިލާގެ ބައެއް މެމްބަރުން ޖާމިނުވާގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާތިލްކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނީ މިއަދު އެވެ.

އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް، އަހްމަދު މޫސާގެ މައްޗަށް ހުށަހެޅި ބަލަމުން އަންނަ ހިޔާނާތުގެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން އަމުރުކުރާ ކަމަށެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ފިލާފައިވަނީކޮށް ހައްޔަރުކުރި، އަހުމަދު މޫސާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

އޭނާގެ ދައްތަ އާއި ކޮއްކޮ ޖާމިނު ކުރުމަށް ފަހު ޝަރުތުތަކަކާ އެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ހައި ކޯޓުގައި އެ އަމުރު ދައުލަތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް