ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސްތައް ހޯރަފުއްޓާއި ކެލާގައި ހިންގައިފި

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސްތައް ހއ. ހޯރަފުއްޓާއި އެ އަތޮޅު ކެލާގައި ހިންގައިފި އެވެ. ސްވިމިންގ އެސޯސިއޭޝަނުން ބުނީ އެ ދެރަށުގައި މި ކޯސް ހިންގާފައިވަނީ މިދިޔަ އޮކްޓޫބަރ...

15 Nov 2021 | 09:35

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސްތައް ހއ. ހޯރަފުއްޓާއި އެ އަތޮޅު ކެލާގައި ހިންގައިފި އެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ އެ ދެރަށުގައި މި ކޯސް ހިންގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ން މި ނޮވެމްބަރ 12 އަށް ކަމަށެވެ.

މި ކޯސްތަކުގައި 30 އިންސްޓްރަކްޓަރުން ތަމްރީނު ކުރެވިފައިވާ ކަމަށާއި މި ކޯހުން ތަމްރީނުވި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ކެލާގައި ހިންގި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސް ކުރިއަށް ގެންދިޔައިރު، އެރަށު ކައުންސިލާއި ޕޮލިސް ސްޓޭޝަނާއި އެރަށު ޝެއިޚް އިބްރާޙިމް ސްކޫލާއި، ހެލްތު ސެންޓަރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ލިބިފައިވާކަން އެ އެސޯސިއޭޝަނުން ފާހަގަ ކުރި އެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ، މޫސާ ރަޝީދުގެ ބެލުމުގެ ދަށުން ނެވެ.

ހުސެން ރަޝީދުގެ ބެލުމުގެ ދަށުން ހޯރަފުށީގައި ހިންގި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސް ކުރިއަށް ގެންދިޔުމުގައި އެރަށު ކައުންސިލާއި ސިއްޙީ މަރުކަޒު އަދި ޕޮލިސް ސްޓޭޝަނާއި އަތޮޅު މަދަރުސާގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާކަން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ޝުކުރުވެރިކަމާއެކު ފާހަގަކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް