ރިހެބުތައް ހިންގަން ބޭރު މީހުން ގެންނަން ޖެހޭ: އެމްޕީ ހަސަން ލަތީފް

ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތައް ތައް ހިންގަން ބޭރުގެ ފަރާތްތަކަށް ފުރުސަތު ދޭން އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ގޮވާލައްވަ...

15 Nov 2021 | 09:23

ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތައް ތައް ހިންގަން ބޭރުގެ ފަރާތްތަކަށް ފުރުސަތު ދޭން އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ގޮވާލައްވައިފި އެވެ.

ހަސަން މިހެން ވިދާޅުވެފައި ވަނީ  ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސް ގައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މަސްތުވާތަކެތިން މީހުން ސަލާމަތް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އިންސާނީ ވަސީލަތްތައް ހުރި ގޮތުން އެއީ ދިވެހިންނަށް ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ދިވެހިންނަށް ނޭނގޭ އުނދަގޫ ކަންތައްތައް އަބަދުވެސް ކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި ކަމުގައެވެ. އެހެންކަމުން ރިިހިބިލިޓޭޝަންތައް ހިންގުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ދޭން ޖެހޭ ކަމުގައެވެ.

މީގެ އިތުރުން ކައިރި މުސްތަޤުބަލެއްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ނުދީފިނަމަ ކުރިއަށް އޮތް ޖީލު ސަލާމަތް ކުރެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ހަސަންގެ ވާހަަކަފުޅުގައި ރިހިބިލިޓޭޝަން ސެންޓަރުތަކުގެ އިތުރަށް ފާހަަގަ ކުރެއްވި އަނެއް ކަމަކީ މަސްތުވާތަކެތިން މި ޖީލު ސަލާމަތް ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ސަރުކާރުގެ ސިޔާސަތައް ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހޭ ކަމުގައެވެ. އެގޮތުން ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތް ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅައިގެން ނޫނީ މި ޖީލު ސަލާމަތް ނުކުރެވޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް