ޔުނިޓް އޮފް ދަ އިޔަރ ކެޓަގަރީން ގޯލްޑް އެވޯޑް އެލައިޑުގެ އަޔާދީ ތަކަފުލްއަށް ލިބިއްޖެ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލްކޮށްފި އެވެ. މި ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިފްސާ އެވޯޑު ހަފުލާގައި...

15 Nov 2021 | 09:22

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލްކޮށްފި އެވެ.

މި ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިފްސާ އެވޯޑު ހަފުލާގައި އަޔާދީ ތަކާފުލްއިން ހާސިލްކޮށްފައިވަނީ ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔަރ ކެޓަގަރީއިން ގޯލްޑް އެވޯޑެވެ.

ސްރީލަންކާެގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ޚިދުމަތްދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު އުފުލާލާފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ހައްޖު އަދި އުމްރާ ތަކާފުލް އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔަރ" އާއި ޚިދުމަތުގެ އަގުވަޒަންކޮށް އެއަހަރު ލިބިފައިވާ ސިލްވަރ އެވޯޑު ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން 2018، 2019، އަދި 2020 ވަނަ އަހަރު ތަކާފުލް ވިންޑޯ ނުވަަތަ ޔުނިޓް އޮފް ދަ އިޔަރއިން ލިބިފައިވާ ގޯލްޑް އެވޯޑު ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް