ކައުންސިލްތަކުގެ ބަޖެޓު ބޮޑު ކުރަން އުނގޫފާރު ދާއިރާގެ މެމްބަރު ގޮވާލައިފި

ކައުންސިލްތަކަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓު ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގޮވާލައްވައިފި އެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މި މޭރުމު...

15 Nov 2021 | 08:34

ކައުންސިލްތަކަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓު ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގޮވާލައްވައިފި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ މިއަދުގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ބަހުސް ގައެވެ.

ވައްޑެ ވިދާޅުވީ މިހާރު ކައުންސިލްތަކަށް ގިނަ އަދަދެއްގެ މެމްބަރުން އިތުރުވެ މުސާރަ ވެސް ބޮޑު ކޮށްފައި ވާކަަމަށެވެ. އެހެންކަމުން އަންނަ އަހަރަށް ކައުންސިލްތަކަށް ދޭން ހުށަހަޅާފައިވާ ބަޖެޓުން ދެކޮޅު ނުޖެއްސޭނެ ކަމަށް ކައުންސިލްތަކުން ބުނަމުންދާ ކަމުގައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި އަހަރު ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ހަމައެކަނި ކައުންސިލްތަކުގެ ރިކަރަންޓު ހަރަދު ވެސް ނުޖެހޭނެ ކަމުގައެވެ. އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެ ބަޖެޓުން ހަމައެކަނި މުސާރަ ދީފައި ކައުންސިލްތަކުގެ ބިލްތައް ދެއްކޭވަރު ވެސް ނުވާ ކަމުގައެވެ.

ވައްޑޭ އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރު ކައުންސިލްތަކަށް ދޭން ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގެ ފަސް ޕަސެންޓު 8 ޕަސެންޓަށް ބަދަލު ކޮށްގެން ނޫނީ ކައުންސިލްތަކުގެ އަސާސީ ޚަރަދުތައްވެސް ދެކޮޅު ނުޖެއްސޭނެ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް