އައްޑޫ ޝަރީފްގެ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ އަކު ގެއްލިގެން ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިި އެވެ. ގެއްލިގެން ހޯދަނީ ޝަރީފު މާލޭގައި ހިންގާ އަންނައުނު ފިހ...

15 Nov 2021 | 08:23

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ ފިހާރައެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިި އެވެ.

ގެއްލިގެން ހޯދަނީ ޝަރީފު މާލޭގައި ހިންގާ އަންނައުނު ފިހާރައެއްގައި މަސައްކަތްކުރާ ބަންގްލަދޭޝް އަށް ނިސްބަތްވާ އަލް އަމީން ނަމަކަށް ކިޔާ މީހެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަމުން ދަނީ އިއްޔެއިން ފެށިގެންނެވެ. މިގޮތުން އޭނާ ފަތިސް ނަމާދަށް ދިޔަފަހުން އެއްވެސް ހަބަރެއް ވެފައިއެއް ނުވެއެވެ.

ޝަރީފު ރޭ ކުރެއްވި ޓްވީޓެއްގައި އަލް އަމީން ގެއްލިފައިވާ ކަމަށާއި ލަފާ ކުރެވޭ ގޮތުގައި ކަމާލް ކިޔާ ހިއުމަން ޓްރެފިކިންގެ އަމަލު ހިންގާ މީހެއްގެ އަތް ދަށުވެފައިވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

https://twitter.com/AdduShareef/status/1459905460211912711

މީގެ އިތުރުން އަލް އަމީން އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އެ މަޢުލޫމާތު ހިއްސާ ކުރަން އެދިލައްވާފައިވެއެވެ. އަދި އަލް އަމީންގެ މަޢުލޫމާތު ހިއްސާ ކުރާ ފަރާތަަކަށް  2،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅުއްވައިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް