ހއ. އިން ފެށިގެން ބ. އަތޮޅަށް މޫސުން ގޯސްވެފައިވާތީ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.
ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ އަތޮޅަށެވެ. މި ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން މިސަރަހައްދަށް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 15:30 އަށެވެ.
މިހާރު ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑުތައް ގަދަވެފައި މިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެ ކޮޅިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ އައްސޭރި ފަށަށް އަރާފަ އެވެ.
މެޓް އޮފީހުން މައުލޫމާތުދޭގޮތުގައި އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް މިހަފްތާގައި ކުރާނެ އެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް