ބޮލީވުޑްގެ ތަރިން ކަމަށްވާ އަބީޝެކް ބައްޗަން އާއި އައިޝްވާރްޔާ ރާއީ ބައްޗަން، ދަރިފުޅު އަރާދްޔާ ބައްޗަން އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
އާއިލާ ރާއްޖެ އައީ މީގެ ތިން ދުވަސް ކުރިންނެވެ. އެމީހުން ޗުއްޓީ ހޭދަ ކުރަމުންދަނީ އަމިއްލަ މޯލްޑިވްސް ރިސޯޓު އެންޑް ރެޒިޑެންސް ގައި އެވެ.
މި ދަތުރަކީ މާދަމާ 10 އަހަރު ފުރޭ އަރާދްޔާގެ އުފަންދުވަސް ފާހަގަ ކުރުމާއި އެކު ޗުއްޓީ ހޭދަ ކުރުމަށް ކުރަމުންދާ ދަތުރެކެވެ.
ދަތުރުގެ ތެރެއިން ހިތްގައިމު މަންޒަރުތައް އަބީޝެކާއި އައިޝްވާރްޔާ ދަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ. އެގޮތުން އަބީޝެކް ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހެނދުނު ހޭލާއި އިރު ފެންނަ މަންޒަރު ހިތްގައިމުވެފަ ގޯސް ނޫން ކަމަށް ބުނެ މޫދު ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.
އަދި އޭނާގެ ސްޓޯރީގައި އިރު އޮއްސޭ މަންޒަރާއި ރާޅު ފެންފޯރާ ހިސާގައި ފަޔަށް ރާޅު ޖަހާތަން ފެންނަ ވީޑިއޯ ކޮޅެއް ހިއްސާކޮށްފައިވެ އެވެ.
އައިޝްވާރްޔާވެސް ވަނީ ރިސޯޓުގެ ސްވިމިންޕޫލް ފެންނަ ފޮޓޯއެއް ހިއްސާކޮށް އޭނާއަށް ކުރެވޭ އިހްސާސްތައް ބަޔާންކޮށްފަ އެވެ.
https://www.instagram.com/p/CWPtiEqvrho/
މި އާއިލާގެ އިތުރުން ސާރާ އަލީ ހާންވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. މިއީ މިއަހަރު ތެރޭ ސާރާ ރާއްޖެއަށް ކުރާ ހަތަރު ވަނަ ދަތުރެވެ.
އެންމެ ފަހުން އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރިތާ އަދި ހަތަރު މަސް ނުވާނެ އެވެ. މިފަހަރުވެސް އޭނާ ރާއްޖެ އައިސް އުޅެނީ އެކުވެރިންނާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް