"އިސްލާމީ ޝަރީޢާގެ ހެއްކާއި ބެހޭ އުސޫލުތައް ރާއްޖޭގައި ތަތުބީގު ކުރަމުންދާގޮތް" ގެ ނަމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފޮތެއް ލިޔެ ނެރުއްވައިފިއެވެ.
މި ފޮތް ޝާއިއު ކޮށްފައިވަނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުންނެވެ. މިއީ 406 ސަފްހާ ހިމެނޭހެން 15 ޗެޕްޓަރ ގެ މައްޗައް އެކުލެވިގެންވާ ފޮތެކެވެ.
މި ފޮތަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހެކިބަހާ ބެހޭ އުސޫލުތައް ރާއްޖޭގެ ކޯޓުތަކުން ތަންފީޒުވަމުންދާގޮތް ތަފްސީލްކޮށްދެއްވާ ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ފޮތެކެވެ.
މީގެ އިތުރުންވެސް ފަނޑިޔާރު ސުއޫދު ވަނީ ރާއްޖޭގެ ޤާނޫނީ ދާއިރާއާއި ގުޅޭގޮތުން 15 ފޮތެއް ލިޔުއްވާފައެވެ.
މީގެ ތެރޭގައި އިސްލާމީ ޝަރީއަތުގެ ތެރޭގައި ތަރިކަ މުދާ ބެހުން، ރާއްޖޭގެ ބިމާއި ބެހޭ ތަރުތީބު، ކުންފުންޏާ ބެހޭ ޤާނޫނޫ، ރާއްޖޭގެ ޤާނޫނީ ނިޒާމު، ކޮންޓްރެކްޓާ ބެހޭ ޤާނޫނު ފަދަ ފޮތްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް