މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
މިކަން ހާމަކޮށް އިލެކްޝަންސް އިން ދެންމެ ބުނެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.
ޤާނޫނުގެ އެ ނަމްބަރުގައި ބުނެފައިވަނީ އެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ނުވަތަ އަށްވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ މުއްދަތު ސިޔާސީ ޕާޓީއަށް ދިނުމަށްފަހު ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު އަދަދަށް ޕާޓީއަގައި މެންބަރުން ނެތްނަމަ އުވާލަންވާނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގައި މެންބަރުން ތިބެންޖެހޭ އަދަދަކީ މަދުވެގެން 3000 އެވެ.
އިލެކްޝަންސް އިން އިތުރަށް ބުނެފައިވާގޮތުގައި އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއް ވާނަމަ ނޮވެމްބަރު 10 ގެ ކުރިން އެ ޕާޓީގެ އޮފީސް އިދާރާ، މއ. މާރާދައާގެ، ދެވަނަ ފަންގިފިލާއަށް އެކަން ހުށަހަޅުއްވައި ނިންމެވުމަށް ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް