ހުޅުމާލެ ފަރަށް އެރި ޓަގާއި ބާޖުގެ ވެރިފަރާތް29 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެންވަަރަންމަންޓަލް ޕްރޮޓެކްޝަން އެޖޭންސީ (އީޕީއޭ)އިން ބުނެފިއެވެ.
މި އަަހަރުގެ ކުރީ ކޮޅު ހިނގި މި ހާދިސާގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އުޅުދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސަރވެޔަރުންނާއި އެކު ޖޮއިންޓް ސާރވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
މިސާރވޭއިން ދައްކާ ގޮތުގައި އުޅަނދުތައް ފަރަށް އުރުމުގެ ސަބަބުން އެ ސަރަހައްދަށް1159 އަކަ މީޓަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިިވާ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
އެގޮތުން ހުޅުމާލޭގެ އުތުރުފަރާތު ފަރަށް ލިބުނު ގެއްލުމަށް ކަނޑައެޅުނު ޖޫރިމަނާގެ އަދަދަކީ29،201،946ރ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
މި ފައިސާ އެ އެޖެންސީއަށް30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ ޖޫރިމަނާ ކުރި ފަރާތަށް އަންގާފައި ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައވެެ.
މި އަހަރުގެ ފެބްރުއަރީ21 ވަނަ ދުވަހު ފަރަށް އަރާފައިވަނީ ދި މިޑްލް އީސްޓް މެރިން އެލްއެލްސީގެ އުޅަނދެކެވެ. މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ އޭގެ ދެ މަސް ފަހުން އޭޕްރިލް މަހުގެ23 ވަނަ ދުވަހުެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް