އެއާޕޯޓުގައި ދިވެއްސަކު ނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ދިވެއްސަކު ނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ އެއާޕޯޓް ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައިދަނިކޮށް، ލައިޓާއި ކެމެރާ ހަރުކޮށްފައިހ...

15 Oct 2024 | 07:18

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ދިވެއްސަކު ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ އެއާޕޯޓް ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައިދަނިކޮށް، ލައިޓާއި ކެމެރާ ހަރުކޮށްފައިހުރި ސްޓްރަކްޗާގެ ބުޑުގަނަޑުގައިޖެހި ހާދިސާއެއް ހިނގި ކަމަށެވެ.

"ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ދީފައިވޭ، އަދި އަދި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލައި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް