ކުރީގެ ގަވަރުނަރު ނަސީރު އަނެއްކާވެސް މާލީ ވަޒީރުގެ މުޝީރު ކަމަށް

ރައީސް ޔާމީންގެ ސަރުކާރުގައި ގަވަރުނަރުކަން ކުރެއްވި އަހްމަދު ނަސީރު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި ސަރުކާ...

15 Oct 2024 | 04:21

ރައީސް ޔާމީންގެ ސަރުކާރުގައި ގަވަރުނަރުކަން ކުރެއްވި އަހްމަދު ނަސީރު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ނަސީރު އާއި މިހާރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހުމަދު މުނައްވަރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސާފައެވެ. އޭރު އެ ދެބޭފުޅުންވެސް އެ މަގާމަށް ހަމަޖެއްސީ ވަޒީރުންގެ ފެންވަރުގައި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް މި އަހަރުގެ އޭޕްރީލް މަސް ތެރޭގައި ސަރުކާރުން ވަނީ ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައެވެ. ހަމަޖެއްސީ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

އެހެންނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަގޮތުގައި ނަސީރު އަލުން ވަނީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ގެންގޮސްފައެވެ.

ބެލެވޭ ގޮތުގައި މި ބަދަލަކީ އައު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބޭނުންފުޅުވެގެން ގެންނެވި ބަދަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް