ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އަހްމަދު ސަރީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމަވައި ސަރީރު އެ ސަފީރު ކަމަށް އައްޔަން ކުރުމާއިމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާގޮތެއް އަންގަދެއްވުމަށްއެދި ރައީސް ވަނީ ސަރީރުގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައެވެ.
ސަރީރަކީ ފާއިތުވި ދެ ވެރިކަމުގައިވެސް ފޮރިން ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ސަރީރު ފޮރިން ސެކްރެޓަރީ ކަމުގެ މަގާމަށް އައްޔަންކުރެވިގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް