ތަރައްގީވެފައިވާ ގައުމުތަކުގެ އަމާޒަކީ ހަމައެކަނި "ކާބަން ނިއުޓްރަލިޓީ" ހާސިލް ކުރުމުގެ ބަދަލުގައި 2050 ވަނަ އަހަރުގެ ކުރިން "ކާބަން ނެގެޓިވް" ގައުމަކަށް ވުން ކަމަށް އިންޑިއާ އިން ހުށަހަޅަން ނިންމައިފި އެވެ.
އެ ގައުމުން ބުނަނީ މި ވިސްނުމުގެ ސަބަބުން ކުރިއަރަމުން އަންނަ ބާޒާރުގެ އިގްތިސާދުތަކުގެ ތަރައްގީގެ ބޭނުންތަކަށް ފޮސިލް ފިއުލް ބޭނުންކުރުމަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށެވެ.
މި ޕްރޮޕޯސަލް ހުށަހަޅާނީ މި އަހަރުގެ ފަހުކޮޅު ދުބާއީގައި ބާއްވާ ކޮޕް 28 ކްލައިމެޓް ސަމިޓުގަ އެވެ. އިންޑިއާއިން ދަނީ މުޅި ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ޓަކައި، ކޯލް އާއި އެހެނިހެން ފޮސިލް ފިއުލް އަމިއްލައަށް ބޭނުންކުރުން ހުއްޓާލުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ގޮވާލާ ގޮވާލުންތަކަށް ދެކޮޅު ހަދަމުންނެވެ.
އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ޖަޕާން ފަދަ ކުރިއަރާފައިވާ ގައުމުތަކުން 2050 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަން ހާސިލްކުރުމަށް އަމާޒުހިފާފައިވާއިރު، ޗައިނާ އާއި އިންޑިއާއިން ވަނީ 2060 ވަނަ އަހަރާއި 2070 ވަނަ އަހަރުގެ ޓައިމްލައިންތައް އިތުރުކޮށްފައެވެ.އިންޑިޔާގެ އަމާޒަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލިބެންހުރި ޤުދުރަތީ ވަސީލަތްތައް ކުރިއެރުމަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، 2050 ވަނަ އަހަރާ ހަމަޔަށް ދުނިޔޭގެ ނެޓް ޒީރޯ އެމިޝަންގެ އަމާޒަށް ވާޞިލުވުމަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން ގެންދިޔުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް