ގާޒާއިން މަރުވި މުސްލިމުންގެ އަދަދު 2450 އަށް

ފަލަސްތީނުގެ ގާޒާއިން މަރުވި މުސްލިމުންގެ އަދަދު 2450 އަށް އަރައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ހަފްތާއަކަށް ދެމިގެންގޮސްފައިވ...

15 Oct 2023 | 15:27

ފަލަސްތީނުގެ ގާޒާއިން މަރުވި މުސްލިމުންގެ އަދަދު 2450 އަށް އަރައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީންނެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި ހަފްތާއަކަށް ދެމިގެންގޮސްފައިވާ، އަދިވެސް ކުރިއަށްދާ އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އަދަދު 2450 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 9200 ގައެވެ.

ހަމައެއާއި އިޒްރޭލުން މަރުވި މީހުންގެ އަދަދަށްވެސް މިއަދު މިވަނީ ބަދަލު އައިސްފައެވެ. އެގޮތުން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ބުނެފައިވަނީ ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު 1400 އަށް އަރާފައިވާކަމަށެވެ.

މީގެ އިތުރުން އިޒްރޭލަށް ނިސްބަތްވާ 120 ރައްޔިތަކު ހަމާސް އިން ރަހީނުކޮށްފައިވާކަމަށްވެސް އިޒްރޭލު ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވެއެވެ.

އިޒްރޭލުން ބުނެފައިވާގޮތުގައި މިހާރު ހުއްޓުމެއްނެތި ގާޒާއަށް ދެމުން އަންނަ ހަމަލާތަކަކީ އިޒްރޭލަށް ނިސްބަތްވާ ރަހީނުން ސަލާމަތް ކުރުމަށާއި ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުން އަންނަ ހަމަލާތަކެކެވެ.

އިޒްރޭލުން އެހެން ބުނި ނަމަވެސް ހަމަލާތައް ދިނުމުގައ ހަމައެއް ލަމައެއްނެތި އިޒްރޭލުގެ ފައުޖުތަކުން އަންނަނީ ހަމަލާދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް