އަންނަ އަހަރުގެ ބަޖެޓް އެކުލަވާލަން ޑރ. މުއިއްޒުގެ ފަރާތުން ކޮމިޓީއެއް

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮމިޓީއެއް އެކުލަވާލައިފިއެވެ. އިންތިގާލީ މަރުހަލާގާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގ...

15 Oct 2023 | 09:01

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އިންތިގާލީ މަރުހަލާގާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގެ މަސައްކަތަކަށް އަށް މެމްބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

މި ކޮމިޓީ މިހާރު އެކުލަވާލަވާލާފައި ވަނީ، އިންތިހާބީ ރައީސް ހުވާކުރެއްވުމަށްފަހު ކޮމިޓީ އެކުލަވާލައިގެން ބަޖެޓް މަސައްކަތް ކުރުމަށް ވަގުތު ނޯންނާނެތީއެވެ.

މި ބަޖެޓް ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސާފައި ވަނީ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. އޭގެ އިތުރުން މި ކޮމިޓީގައި ދެން ހިމެނޭ މެމްބަރުންނަކީ:-

  • ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު
  • ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން
  • ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
  • ކުރީގެ ފައިނޭންސް މިނިސްޓަރު އަހުމަދު މުނަންވަރު
  • ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު
  • އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލުއޭޒް
  • ކުރީގެ ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު އަބްދުލް ހަލީމް އަބްދުއްލަތީފްއެވެ.

އަންނަ އަހަރުގެ ބަޖެޓަށް، އިންތިހާބީ ރައީސްގެ އޮފީހުން ހުށަހަޅާ ވަކި އަދަދެއް އަދި ދަންނަވަން ދަތި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް