ގާޒާގެ ރަޖިސްޓްރީން 45 އާއިލާއެއް އެކުގައި ފޮހެލައިފި: މިނިސްޓްރީ

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ގާޒާގެ ރަޖިސްޓްރީން 45 އާއިލާއެއް އެކުގައި ފޮހެލައިފިކަމުގައި ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. ގާޒާއިން މިކަން ހާމަކޮށްފައިވާއިރު އިޒްރޭލުން މިހާރު ދެމުން...

14 Oct 2023 | 19:57

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ގާޒާގެ ރަޖިސްޓްރީން 45 އާއިލާއެއް އެކުގައި ފޮހެލައިފިކަމުގައި ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ގާޒާއިން މިކަން ހާމަކޮށްފައިވާއިރު އިޒްރޭލުން މިހާރު ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނަށް ނިސްބަތްވާ 2215 މުސްލިމުން ވަނީ މަރުވެފައެވެ. ޒަހަމްވި އަދަދު އުޅެނީ ގާތްގަނޑަކަށް ނުވަ ހާހާއި ގާތްކުރާ އަދަދެއްގައެވެ.

މަރުވި އަދަދު ކުރިއަށް އޮތްތާނގައި ބާރު ސްޕީޑެއްގައި އިތުރުވާނެކަމަށް މިހާރު މިވަނީ ބެލެވިފައެވެ. އެގޮތަށް ބެލެވިފައިމިވަނީ އިޒްރޭލުގެ ފައުޖުތަކުން އެއްގަމު މަގުން ގާޒާގެ ތެރެއަށް ދޭތެރެ ދޭތެރެއިން މިހާރު ވަދެގަންނަމުންދާތީއެވެ.

މި މަހުގެ ހަތެއް، ވީ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކަށްފަހު ރައްދުގައި ކަމަށްބުނެ އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން އަންނަތާ މިއަދަށް މިވަނީ އަށް ދުވަސްވެފައެވެ.

އިޒްރޭލުން މި ލާއިންސާނީ ހަމަލާތައް ދެމުން އަންނަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ތާއީދާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް