ދިރާގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުންޏަށް 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ދިރާގަށް 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެކުންފުނިން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި އިވެންޓްގައި ކޮ...

14 Oct 2023 | 19:46

ދިރާގަށް 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެކުންފުނިން ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި އިވެންޓްގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސް އަޙްމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރމަން އަލްފާޟިލް އިސްމާޢީލް ވަޙީދާއި  ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދުގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑަރޝިޕް ޓީމްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ 1988ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދީފައެވެ.

މިއާއެކު މި ހަފްލާގައި ވަނީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް ކަމަށްވާ 'ލީޑިންގ ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާރނީ އޮފް ދަ މޯލްޑިވްސް' ޑިޖިޓަލްކޮށް އިފްތިތާހުކޮށްފައެވެ. މި ފޮތް އިފްތިތާހުކޮށްދެއްވީ ދިރާގުގެ ޗެއަރޕަރސަން އިސްމާޢީލް ވަޙީދު އަދި ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދެވެ. މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުރި މި ފޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ދައްކައިދީފައިވެއެވެ.

މީގެ އިތުރުން ކުލަގަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާއެކު އެ ކުންފުނިން ވަނީ އަގުހުރި އިނާމުތަކާއެކު މުވައްޒަފުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ބާއްވާފައެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް