ރަށްރަށުގެ ސްކޫލްތައް ހިމެނޭހެން 100 އަށްވުރެ ގިނަ ދަރިވަރުންނާއެކު އެމްޕީއެލްގެ "ޕޯޓް އޯޕަން ޑޭ" ކުރިއަށް ގެންގޮސްފި

ރަށްރަށުގެ ސްކޫލުތައް ހިމެނޭހެން 100 އަށްވުރެ ގިނަ ދަރިވަރުންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ "ޕޯޓް އޯޕަން ޑޭ" މިއަދު ކުރިއަށްގެންގޮސްފިއެވެ. އެމްޕީއެލްއިން ބުނެފައިވާގޮތުގައި މި ހަރަކ...

14 Oct 2023 | 19:16

ރަށްރަށުގެ ސްކޫލުތައް ހިމެނޭހެން 100 އަށްވުރެ ގިނަ ދަރިވަރުންނާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ "ޕޯޓް އޯޕަން ޑޭ" މިއަދު ކުރިއަށްގެންގޮސްފިއެވެ.

އެމްޕީއެލްއިން ބުނެފައިވާގޮތުގައި މި ހަރަކާތަކީ އެމްޕީއެލްގެ މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު ސްކޫލް ދަރިވަރުންނާ ހިއްސާކޮށް، ޕޯޓުގެ މަސައްކަތުގެ ދާއިރާތަކަށް ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

"އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި "ޕޯޓް އޯޕަން ޑޭ" 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި، އެގޮތުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ހިމެނޭ، މާލޭގެ ހުރަވީ ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި ތާޖުއްދީން ސްކޫލާއި ހުޅުމާލޭގެ ސަލާހުއްދީން ސްކޫލާއި ހުވަދޫ ސްކޫލާއި ބ. އަތޮޅު ތައުލީމީ މަރުކަޒާއި ނ. ހެނބަދޫ ސްކޫލް އަދި ރ. އިނގުރައިދޫ ސްކޫލްގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިވި" އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނެފައިވާގޮތުގައި މި ހަރަކާތުގައި ހިމެނޭ ސެޝަންތައް ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ޕޯޓުގެ އެކި ދާއިރާތަކުގެ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ޕޯޓުގެ އަމަލީ މަސައްކަތްތައް ބަލާލުމަށް އެ ދަރިވަރުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކުރި ކަމަށާއި މީގެ އިތުރުން، ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލްއަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންޔތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ދައްކާލުމުގެ އިތުރުން ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް އަށްވެސް ދަރިވަރުން ޒިޔާރަތްކުރުން މިއަދު ކުރިއަށްގެންދިޔަ ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

"މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޕޯޓުގެ އެކި ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ދަރިވަރުންގެ މެދުގައި އިތުރުކޮށް، މި ދާއިރާގެ ކުރިއަށް ދެވްނެހުރި ކެރިއަރތަކުގެ މައުލޫމާތު ހިއްސާކުރުން، މީގެ އިތުރުން އެމް.ޕީ.އެލް އިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ފޯރުކޮށްދީ، ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް، ކުންފުނީގެ ސްޓޭކްހޯލްޑަރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުންވެސް ހިމެނޭ" އެމްޕީއެލްއިން ބުނެފައިވެއެވެ.

މި ހަރަކާތުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ތިން ދަރިވަރަކަށް މި ކުންފުނީގެ ފަރާތުން ލެޕްޓޮޕް ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް