ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަނަށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަކޮށްލަނީ

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ގަތަރު 2022™އަށް ތައްޔާރުވުމުގެ ގޮތުން ކޮކާ-ކޯލާ ކުންފުނީގެ ތާޒާ ބުއިންތަކަށް ދިވެހިން އިންސާފު ކުރަމުން ދާ ދިއުން ފާހަގަކުރުމަށް، ކޮކާ-ކޯލާ އިން މިހާރު އަންނަނީ އަގުހުރ...

15 Oct 2022 | 18:37

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ގަތަރު 2022™އަށް ތައްޔާރުވުމުގެ ގޮތުން ކޮކާ-ކޯލާ ކުންފުނީގެ ތާޒާ ބުއިންތަކަށް ދިވެހިން އިންސާފު ކުރަމުން ދާ ދިއުން ފާހަގަކުރުމަށް، ކޮކާ-ކޯލާ އިން މިހާރު އަންނަނީ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއްގެ ނަސީބުވެރިންނަށް ހޮވޭ ފަރާތްތައް އިއުލާނުކުރަމުންނެވެ. މިއީ ދިވެހިން ފުޓްބޯޅައަށް ކުރާ ލޯބި ފާހަގަކުރުމަށް ކޮކާ-ކޯލާ އިން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

އޮކްޓޯބަރު 15، 2022 ވަނަ ދުވަހު ކޮކާ-ކޯލާ އިން ވަނީ، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަނަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ނަސީބުވެރިންގެ ގޮތުގައި މިހާތަނަށް ހޮވުނު ފަރާތްތަކާއި މީޑިއާއާ އެކު ހަފްލާއެއް ބާއްވާފަ އެވެ. މިފަހަރުގެ ޝިއާރު ކަމަށްވާ 'ގަބޫލުކުރުމަކީ ޖާދުލެއް'އާ އެކު، 'އަންކެޕް. ބިލީވް. ފްލައި.' ޕްރޮމޯޝަންގެ ސަބަބުން ރާއްޖޭގައި ތިބި ކޮކާ-ކޯލާގެ ބުއިންތަކަށް ލޯބިކުރާ ފަރާތްތަކަށް އެ މީހުންގެ ޓީމު މޮޅުވާނެ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ލިބި، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ މެޗެއް ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބިގެންދެ އެވެ.

'އަންކެޕް. ބިލީވް. ފްލައި'ގެ ނަން ދީފައިވާ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހާމަކުރަމުން ގެންދަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) މެދުވެރިކޮށް ވަގުތުން ގެނެސްދޭ ގުރުއަތެއްގަ އެވެ. ކޮންމެ ދުވަހެއްގެ އަދި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިންގެ ތެރޭގައި ހިމެނޭތޯ ބެލުމަށް ކޮންމެ ހޮނިހިރު ދުވަހެއްގެ 19:45 އިން 19:55 އަށް ޓީވީއެމްއަށް ޓިއުންކޮށްލާށެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމު ހަވާލުކުރުން ކުރިއަށްދާއިރު، ބައެއް ނަސީބުވެރިންނަށް ހުރިހާ ހަރަދެއް ލިބޭ ގޮތަށް ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ މެޗެއް ލައިވްކޮށް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިގެން ދާއިރު، ބައެއް ނަސީބުވެރިންނަށް މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ 'އަލް ރިހްލާ ޕްރޯ' މަރުކާގެ ބޯޅަ ލިބެ އެވެ. އެހެން ނަސީބުވެރިންނަށް ގޭމިން ކޮންސޯލާއި ފީފާ '22 ގޭމު ހިމެނޭ ބަންޑްލްއެއް ވެސް ލިބެ އެވެ. މީގެ އިތުރުން، ދެން ހޮވޭ ނަސީބުވެރިންނަށް ދެނީ، ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހައަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތަކެވެ.

އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ގަންނަ ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ނުވަތަ ސްޕްރައިޓްގެ ރީނދޫ ކުލައިގެ މަތިގަނޑު ޖެހި ޕެޓް ފުޅީގެ މަތިގަނޑުގެ ދަށުގައި ހަ ނަމްބަރުގެ ކޯޑެއް އިންނާނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ހަ ނަމްބަރުގެ ކޯޑު 2626 އަށް ފޮނުވައިގެންނެވެ. ކޯޑެއް ފޮނުވާ ކޮންމެ ފަހަރަކު އިނާމު ލިބުމުގެ ފުރުސަތު ބޮޑުވަމުން ދާނެ އެވެ! ކޮކާ-ކޯލާ އާއި ފީފާގެ ޒަމާންވީ ގުޅުން ދައްކުވައިދިނުމަށް، އާންމުކޮށް މި ފުޅިތަކުން ފެންނަ ލޭބަލާ ތަފާތު، ވަކިން ހާއްސަ ލޭބަލެއް ވަނީ ހިމަނާފަ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި 8 ފަރާތަކަށް އިތުރު މީހަކު ގޮވައިގެން ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ގެ މެޗެއް ލައިވްކޮށް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި ކޮންމެ ހަފްތާއަކު ގޭމިން ކޮންސޯލެއް ނުވަތަ މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ 'އަލް ރިހްލާ ޕްރޯ' މަރުކާގެ ބޯޅައެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ. ބައެއް މީހުންނަށް އާއިލާ އާއި ރަހުމަތްތެރިންނާ އެކު އެ މީހުންގެ ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު ކޮކާ-ކޯލާގެ މީރު ރަހައަށް އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތައް ވެސް ކާމިޔާބު ކުރެވިދާނެ އެވެ.

ނޮވެމްބަރު މަހު ގަތަރުގައި މި މުބާރާތް ފަށާއިރު، ކޮކާ-ކޯލާ އިން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް މެޗުތައް ދެއްކުމާއި ޝައުގުވެރި ޕްރޮމޯޝަންތަކާ އަދި މި ނޫން ވެސް އެތައް ކަމެއް މެދުވެރިކޮށް ފީފާ ވޯލްޑް ކަޕް™ގެ ތަޖުރިބާ ގެނެސް ދެމުން ދާނެ އެވެ. ހަމަ އެއާ އެކު، 'ކޮކާ-ކޯލާ ފޭން ޒޯން'ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަރަށް އަވަހަށް ތައާރަފް ކުރާނެ އެވެ. މި ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ ވައުދުތައް ވެގެން އެ މީހުންގެ އެންމެ ލޯބިވާ ޓީމަށް އޮތް ލޯބި ދައްކާލެވޭނެ އެވެ. ރާއްޖެ މަޝްހޫރުވެފައި ވަނީ ފުޓްބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށް ވާއިރު، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަންގެ ކޮންމެ ހަރުފަތެއްގައި ވެސް ކޮކާ-ކޯލާ އިން ރާއްޖޭގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދެމުން ގެންދާނެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް ފޭސްބުކް އަދި އިންސްޓަގްރާމްގައި @cocacolamaldives އަދި @spritemaldives ފޮލޯކޮށްލާށެވެ.

ކޮކާ-ކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާ-ކޯލާ އިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް™ގެ ކޮންމެ މުބާރާތެއް ވެސް ސްޕޮންސާކުރަމުންނެވެ. ކޮކާ-ކޯލާ އިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕް™މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފަ އެވެ.

ކޮކާ-ކޯލާ އިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ އިންތިޒާމްކޮށްފަ އެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާ އެކު ދިވެހިންނަށް މި ތަފާތު ތަޖުރިބާ ލިބުމުގެ ޝަރަފު ވަނީ ލިބިގެން ގޮސްފަ އެވެ. މި ސީޒަނަށް، ފީފާ ވޯލްޑް ކަޕް™ ކާމިޔާބުކޮށްފައިވާ ކުޅުންތެރިން ކަމަށްވާ އިކަ ކަސިއެލާސް އާއި ކަކާ ވަނީ، ފުރަތަމަ ފަހަރަށް މި މުބާރާތަށް ކޮލިފައިވި 32 ގައުމު ހިމެނޭ ދަތުރެއްގައި ފީފާ ވޯލްޑް ކަޕް™ގެ އޮރިޖިނަލް ޓްރޮފީ ފުރުވާލާފަ އެވެ. ފީފާ ވޯލްޑް ކަޕް™ ޓްރޮފީގެ އޮރިޖިނަލް ޓްރޮފީ ދުބާއީގެ ކޮކާކޯލާ އެރީނާގައި ދައްކާލާފައި ވަނީ، 51 ގައުމަކާއި ސަރަހައްދަކަށް ދަތުރުކޮށް، ފަސް ވަނަ ދަތުރު ފެށުމުގެ ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް