މިއަދު އިފްތިތާހު ކުރި ދާރިސް ޓީވީ މިހާރު ދިރާގު ޓީވީން ފެންނާނެ އެވެ. މި ޗެނަލް އުފެއްދީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންތަކެއް އިސްވެ ތިބެ އެވެ.
"މަންހަޓަން ބިޒްނަސް ހޮޓެލް" ގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ޓީވީ އިފްތިތާހުކޮށްދެއްވީ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ މަޑުލު މުހައްމަދު ވަހީދާއި ކޮންސްޓްރަކްޝަން ދާއިރާ އިން ފާހަގަކޮށްލެވުނު އަބްދުﷲ ނާފިޒެވެ.
މި ޗެނަލުން މައިގަނޑު ގޮތެއްގައި ދައްކާނީ ދިވެހިން ދީނީ ގޮތުން ހޭލުންތެރި ކުރުވުމުގެ ގޮތުން އުފައްދާފައިވާ ގައުމިއްޔަތާއި ތާރީހާއި އާންމު ސިއްހަތުގެ ދާއިރާ އާއި ގުޅުން ހުރި ޕްރޮގްރާމްތަކެވެ. އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ތައުލީމާ ގުޅުންހުރި ޕްރޮގްރާމްތައް ދައްކާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް