ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ޕީޕީއެމް އިން ބުނީ މި ދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އިހަވަންދޫގައި މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި އަންނަ 2023 ވަނަ އަހަރަށް ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާ ހިޔާލު ހޯއްދަވާނެ ކަމަށް ވެސް ބުންޏެވެ.
ރައީސް ޔާމީންގެ މި މިދަތުރުފުޅު ކުރެއްވުމަށް ފުރަތަމަ ނިންމަވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެހެންނަމަވެސް އެދުވަހު ކެންސަލް ކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް