ތުރުކީގައި މައިނެއް ގޮވައި 28 މީހުން މަރުވެ، 100ށްވުރެ ގިނަ މީހުން ތާށިވެއްޖެ

ތުރިކީގައި ބޯޓު ދެލިނަގާ މައިނެއް ގޮވައި28 މީހުން މަރުވެ100 އަށްވުރެ ގިނަ މީހުން ބިމު އަޑީގައި ތާށިވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ އުތުރުގައި އޮންނަ ބާޓިން ޕްރޮވިންސްގައި އެވެ. ހާދިސާ...

15 Oct 2022 | 09:18

ތުރިކީގައި ބޯޓު ދެލިނަގާ މައިނެއް ގޮވައި28 މީހުން މަރުވެ100 އަށްވުރެ ގިނަ މީހުން ބިމު އަޑީގައި ތާށިވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ އުތުރުގައި އޮންނަ ބާޓިން ޕްރޮވިންސްގައި އެވެ. ހާދިސާ ހިނގޭ ރޭގެ ވަގުތެއްގައި އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ހާދިސާ ހިނގި އިރު މައިނު ތެރޭގައި ތިބި މީހުންގެ ތެރެއިން ދިރިތިއްބަ11 މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. މައިނު ތެރޭގައި އަދިވެސް110 މީހުން ތާށިވެފައި އެބަތިބި ކަމަށް މައުލޫމާތުދެ އެވެ.

މައިނު ތެރޭގައި މީހުން ތާށިވެފައި ތިބީ300 މީޓަރު އަޑީގައި އެވެ. ތުރުކީގެ ސަލާމަތީ ބާރުތަކުން ދަނީ ފަރުބަތައް ކަނޑައިގެން އަޑިއަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ ވިދާޅުވީ ހާދިސާ ހިނގީ މައިން ތެރޭގައި ހުރި މީތޭން ގޭސް ވަޅެއްގައި ރޯވުމުގެ ސަބަބުންނެވެ. އެ ގޮވުން ގޮވީ މައިނުގެ300-350 މީޓަރު އަޑީގައި ކަމަށާއި އެ ފުންމިނުގައި އެގަޑީގައި ތިބީ ގާތްގަނޑަކަށް49 މީހުން ކަމަށެވެ.

އޮފިޝަލުން ބުނާ ގޮތުން މައިން ގޮވަން މެދުވެރިވި ހާދިސާ ރަނގަޅަށް ތަހުގީގުކޮށްގެން ނޫން ގޮތަކަށް އެ ތަނުގައި ހުޅުހިފި ސަބަބު ނޭނގޭނެ އެވެ. މައިން ވަޅުތަކަކީ އާންމު ގޮތެއްގައި ގޭސް ހުންނަ ތަންތަނަށް ވެފައި އެއީ ހަމަ އެހެން ހުރެ ގޮވާ ތަންތަން ނޫން ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ތުކުރީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވަނީ ގޮވާލައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް