އަޒްހާންގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިފައެއް ނެތް، ފެނުނީ ހުސް ކަށި!

ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލޭ ގަސްތަކެއްގެ ތެރެއިން ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑުން ބޮޑު އަނިޔާއެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ. އަޒްހާން ގެއްލުނީ މިދިޔަ މަހުގެ18 ވަނަ ދ...

15 Oct 2022 | 06:22

ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލޭ ގަސްތަކެއްގެ ތެރެއިން ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑުން ބޮޑު އަނިޔާއެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަޒްހާން ގެއްލުނީ މިދިޔަ މަހުގެ18 ވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑު ކުނިވެފައި އޮއްވަ ފެނުނީ މިމަހުގެ ދެ ވަނަ ދުވަހު ހަވީރު އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ފުލުހުން ވިދާޅުވީ އެ ސަރަހައްދުން އެ ދުވަހު ފެނުނީ ހަމައެކަނި ކަށިތަކެއް ކަމަށާއި އެހާވަރަށް ހަށިގަނޑު ހަލާކުވެފައިވާ ކަމަށެވެ. އަޒްހާންކަން ޔަގީން ކުރެވި ޕޯސްޓްމޯޓަމްގެ އިނީޝިއަލް ނަތީޖާ ދެއްކި ގޮތުން އަޒްހާންގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ކުނިވަސް ދުވައިގެން އެއްވެސް މީހަކު ރިޕޯޓުކޮށްފައި ނެތް ކަމަށެވެ. އަދި ފުލުހުން ބަލާ ފާސް ކުރަމުން ދިޔައިރުވެސް ކުނިވަސް ދުވާފައި ނުވާ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް