މިދިޔަ އޮގަސްޓު މަހު ހަ ވަނަ ދުވަހުގެ ރޭ ޝިއާއު ސައީދު މަރުވެފައިވަނީ ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރި އަލީ ޝާހިލް އާއި ދެކޮޅަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ. މި މައްސަލަ ޝާހިލް ހައްޔަރު ކުރީ އެރޭ ޝިއާއު މަރާލާފައި އޮތް ތަކުންނެވެ.
ފުލުހުން މިއަދު ވިދާޅުވީ ޕޯސްޓްމޯޓަމް ރިޕޯޓު ދައްކާގޮތުން މަރާލުމަށް ފަހުވެސް ޝިއާއުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށެވެ.
އެކަމަކު މިހާތަނަށްވެސް ޝާހިލް ޝިއާއު މަރާލަށް ޖެހުނު ސަބަބު ހޯދިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ކުރިޔަށް އޮތް ދެ ތިން ހަފްތާ ތެރޭގައި އެކަން އެނގޭނެ ކަމަށް ގަބޫލު ކުރޭކަމަށް ވިދާޅުވި އެވެ. އެއީ ޝާހިލްގެ ފޯނުގެ ޕާސްވޯޑު ނުދިނުމުން އޭނާގެ ފޯނު ފުލުހުންނަށް ހުޅުވިފައިވާތީ އެވެ.
ފުލުހުން ވިދާޅުވީ އަދިވެސް ސީދާ އެ މައްސަލައިގަ ކުރާ އެއްވެސް ސުވާލަކަށް ޝަހިލް ޖަވާބެއް ނުދޭ ކަމަށާއި އެކަމަކު ފުލުހުން ކުރާ އެހެން ސުވާލުތަކަށް ޖަވާބުދޭ ކަމަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް