އއ. މާޅޮހު ކައިިން ބަންޑުން ޖަހާާފައި އޮއްވަ ފެނުނު ލޯންޗުން ދަތުރު ކުރި ދެ މީހުންގެ ތެރެއިން ފެނުނު މީހާ ދައްކާ ހުރިހާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހާދިސާއިން ސަލާމަތް ވެފައިވަނީ އަލީ އަހުމަދު ކިޔާ މީހެއް ކަމަށެވެ. އޭނާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހުން ކަނޑަށް ނުކުމެ އުޅުނީ މަސްވެރިކަމަށް ކަމަށެވެ.
ފުލުހުން ވިދާޅުވީ ލޯންޗުން ފެނުނު ތަކެއްޗާއި ދަތުރު ކުރި ގޮތަށް ބަލާއިރު އެމީހުންގެ ފުރީ އެ މަސައްކަތަށް ނޫންކަން އެނގޭ ކަމަށެވެ. އެއީ ލޯންޗުގައި ގިނަ އަދަދެއްގެ ތެޔޮ ކުރުމުންނެވެ.
އަދި އެމީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑު ހުރި ބައެއް ކަމުން ދަތުރުގެ މަގުސަދު ސާފު ނުވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެމިހާގެ އަތުން އަދި ލޯންޗުންވެސް މަސްތުވާތަކެތި ނުފެންނަ ކަމަށް ވިދާޅުވި އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް