މިއީ ރާއްޖޭގައި އެންމެ އާންމު މޭވާ އެވެ. ރާއްޖޭގެ ހުރިހާ ރަށަކުން އެންމެ ފަސޭހައިން ލިބޭ މޭވާ ވެސް މެ އެވެ. އަދި ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގެ ކޮންމެއަކުން ވެސް ލިބެން ހުންނަ މޭވާއެކެވެ. ރަށްރަށުގެ ރައްޔިތުން އާންމުކޮށް ގަންނަން ނުޖެހި ކާން ލިބޭ ފައިދާ ހުރި މޭވާއެކެވެ.
ދޮންކޭލުގެ ފައިދާ އަށް ބަލާ އިރު އެއީ ދަގަނޑު ވަރަށް ގިނައިން އެކުލެވޭ މޭވާއެވެ. ލޭމަދުވުމުން ބޭނުންކުރެވިދާނެ ރަނގަޅު މޭވާ އެކެވެ.
މީގެ އިތުރުން ދޮންކޭލުގައި ހިމެނޭ ވިޓަމިން ބީ 6 އަކީ ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާ ދެކޮޅަށް ހަށިގަނޑު ދިފާއުކުރުމަށް ބޭނުންވާ އެންޓިބޮޑީޒް ތައް އުފައްދައިދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
ދޮންކޭލުގައި ހިމެނޭ "ޓްރިޕްޓަފާން"ގެ ސަބަބުން، ދޮންކެޔޮ ބޭނުން ކުރުމުން ހާސްކަން ފިލުވައިދީ ފިކުރުތަކާ ދުރުކޮށްދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކަު ދެ ވަށް ދޮންކޭ ކާ މިހާއަށް ގިނަ ނުނަ ސިއްޚީ ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި ޑިޕްރެޝަން ހުންނަ މީހުން އެ ބައްޔާއި ދުރުކޮށްދެއެވެ.
ދޮންކެޔޮ ބޭނުން ކުރުމުގެ ސަބަބުން ޑިޕްރެޝަން ހުންނަ މީހުންގެ ސިކުނޑީގައި ސެރޮޓޮރިން ކިޔާމާއްދާ ދަށްވެއެވެ. އެހެންކަމުން ދުވަހަކު ދެ ދޮންކެޔޮ ކެއުމުން ދޮންކޭލުގައި ހިމެނޭ ޓްރައިޓޮޕޭން ކިޔާމާއްދާއެއް ސެރޮޓޮނިން އަށްބަދަލުވެ ޑިޕްރެޝަން އާދުރުކޮށްދެއެވެ.
މީގެ އިތުރުން ވެސް ތަފާތު ސިއްޚީ ފައިދާތައް ދޮންކޭލުން ކުރެއެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު ދައްކޮށްދިނުމާއި ބަނޑާއި ގޮހޮރުގެ އެތެރޭ ބަތާނަ ފަށުގައި ހުންނަ ސެލްތަކުން ދަވަ ދޫކުރުމަށް، ބާރުއެޅުން ހިމެނެއެވެ.
އަދި މީގެ އިތުރުން ދޮންކެޔޮ ބޭނުން ކުރުމަކީ ވައިގެ އުދަގޫ ކުޑަކޮށްދީ، ގޮހޮރުގައި ފާރު އުފެދުން ކުޑަކޮށްދޭނެ ކަމެކެވެ. މިއީ މޭ ނުބައިކުރުމާއި ހޮނޑުލުން ލުއިކޮށްދީ، ސިކުނޑިއާއި ނާރުތަކަށް ދިރުން ގެނެސްދީ، ފިއްތުންތައް ކުޑަކޮށްދީ، ތަފާތު ކެންސަރުން ތަކުން ރައްކާތެރިވުމަށް ގަވާއިދުން ބޭނުންކުރެވިދާނެ މޭވާ އެކެވެ.
މި ސަބަބުތަކާ ހެދި ކޮންމެ ދުވަހެއްގެ ސުފުރާގައި ދޮންކެޔޮ ހިމެނުމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް