މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ކައިވެނި ކޮށްފި އެވެ.
ޒަކިއްޓެ ކައިވެނި ކުރީ ފާތިމަތު ނައްބަތު ޝަކީބާއި އެވެ. ދެމީހުންގެ ކައިވެނި އޮތީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ޒަކިއްޓެ އާއި ނައްބަތަކީ ޓިވީއެމްއިން ދެއްކި މޯލްޑިވިއަންއިން ވިދާލި ދެ ލަވަކިޔުންތެރިންނެވެ.
މި ދެ ލަވަކިޔުންތެރިން ކައިވެނި ކޮށްފައި މިވަނީ ރައްޓެހިވެގެން އުޅޭކަން ޒަކިއްޓެ ހާމަ ކުރިތާ މާ ގިނަ ދުވަސް ނުވަނީހެވެ. ޒަކިއްޓެ މިދިޔަ ޖުލައި މަހު މީޑިއާގައި ބުނެފައިވާ ގޮތުގައި އޭރު ދެ މީހުން ރައްޓެހިވެގެން އުޅޭތާވީ ދެ މަހެއްހާ ދުވަހެވެ.
https://www.instagram.com/p/CjrqCjOJUyM/
ޒަކިއްޓެ އާއި ނައްބަތު އަކީ ކުރީގެ ދެ އެކުވެރިންނެވެ. ދެމީހުންގެ ގުޅުން ލޯތްބައް ބަދަލުވުމަކީ އޭނާ އުންމީދު ކުރި ގޮތެއް ނޫނެނެވެ.
ޒަކިއްޓެ އާއި ނައްބައަކީ މިއުޒިކް ދާއިރާގައި މިހާރު މަޝްހޫރު ދެ ނަމެވެ. ދެމީހުން އެކުގައި ރިސޯޓުތަކާއި ކައިވެނި ހަފްލާތަކާއި ތަފާތު އެހެނިހެން ހަފްލާތަކުގައި ކާމިޔާބު ޝޯތަކެއް ދަނީ ދެމުންނެވެ.
މީގެ އިތުރުން ޒަކިއްޓެ އަކީ ފިލްމުވެސް ކުޅޭ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް