އީރާން މަސްރަހު: ކުރިމަތިލުންތަކުގައި މަރުވި އަދަދު 200 އިން މައްޗަށް

އީރާނުގައި ސަލާމަތީ ހިދުމަތްތަކާއި އާންމުންނާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި މިހާތަނަށް 224 މީހަކު މަރުވެފައިވާކަމުގައި ރައިޓްސް ގްރޫޕަކުން ބުނެފިއެވެ. ހިއުމަން ރައިޓްސް އެކްޓިވިސްޓްސް...

15 Oct 2022 | 04:11

އީރާނުގައި ސަލާމަތީ ހިދުމަތްތަކާއި އާންމުންނާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި މިހާތަނަށް 224 މީހަކު މަރުވެފައިވާކަމުގައި ރައިޓްސް ގްރޫޕަކުން ބުނެފިއެވެ.

ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ކުރިމަތިލުންތަކުގައި މަރުވި 224ގެ ތެރޭގައި 29 ކުޑަކުއްޖަކު ހިމެނެއެވެ. މި އަދަދަކީ އިއްޔެއާއިހަމައަށް ރެކޯޑު ކުރެވިފައިވާ އަދަދުކަމަށް ބުނެފައިވެއެވެ.

މިހާރު އީރާނުގައި ކުރިއަށްދާ މުޒާހަރާތަކަކީ އުމުރުން 22 އަހަރުގެ މާސާ އަމީނީގެ މަރަށްފަހު ހަލަބޮލިކަން އިތުރުވެ، ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކެވެ.

ސެޕްޓެމްބަރު 16ގައި މާސާ މަރުވީ އޭނާ ބުރުގާ އަޅައިގެން ހުރިގޮތް ކަމުނުދާކަމަށްބުނެ އީރާނުގެ "ގައިޑަންސް ޕެޓްރޯލް" ފުލުހުންގެ ބެލުމުގެ ދަށަށް މާސާ ގެންދިޔަ ފަހުން އޭނާ މަރުވިއެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުގައި މާސާއަށް ގައިޑަންސް ޕެޓްރޯލު ފުލުހުން އަނިޔާ ކުރިއެވެ.

އީރާނުގައި އަންހެނުން ބުރުގާ އެޅުމަކީ މަޖްބޫރު ކަމެކެވެ. އެ ގައުމުގައި ބުރުގާ އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒުކޮށް އެކަން ނުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަނީ "ގައިޑަންސް ޕެޓްރޯލް" ފުލުހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް