އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް 30 ދުވަހަށް ވެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ ކުންފުންޏެއް އުފައްދަވައިފިއެވެ.
މި ކުންފުނި އުފެއްދިކަން ހާމަކުރައްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ، ސިފައިންގެ އެކުވެރި ކުންފުނި (ސެކް) މިއަދު ރައީސް ޔާމީން އުފައްދަވައިފި ކަމަށެވެ.
"މި ކުންފުނި އުފެދުމުން، ސިފައިން ވެލްފެއާ އާއި މާލީ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެއެވެ." މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިކަން އިއުލާނު ކުރައްވާ މިނިސްޓަރު ކުރެއްވި ފޭސްބުކް ޕޯސްޓް ނިންމަވާލައްވާފައިވަނީ "ކުރިއަށް ދިވެހި ސިފައިން، ކުރިއަށް ދިވެހި ގައުމު" މި އަޒުމާއެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް