މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން އިސްނަގައިގެން މާފުށީގެ ބައެއް މަގުތަކުގައި ހެދިފައިހުރި ވަޅުގަނޑުތަކަށް ވެލިއަޅާ އެއްވަރު ކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ.
ކަރެކްޝަންސުން މި މަސައްކަތް ފައްޓަވައިދެއްވީ މާފުށީ ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަން ސީޕީއޯ އަޙްމަދު ޖާދުﷲ އެވެ.
މި މަސައްކަތަކީ މާފުށީ ޖަލުގެ އަހަރީ ދުވަހާއި އިމަޖެންސީ ސަޕޯޓް ގްރޫޕްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތް ތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ޙަރަކާތެއް ކަމަށާއި މިއީ ކޮންމެ އަހަރަކުވެސް މާފުށީ ޖަލުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތަކަށްވާއިރު މި މަސައްކަތަށް ހުރިހާ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭކަމުގައި ކަރެކްޝަންސުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް