އިންތިހާބު ބާތިލުވެދާނެކަމަށް ބުއްދި ސަލާމަތުން ހުރި އެކަކުވެސް ނުދެކޭނެ: އީސީ މެމްބަރު ހަބީބް

ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލުވެދާނެކަމަށް ބުއްދި ސަލާމަތުން ހުރި އެކަކުވެސް ނުދެކޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ. ހަބީބު މިހެން ވިދާޅުވީ މިއަދު ކުރ...

15 Oct 2018 | 08:18

ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލުވެދާނެކަމަށް ބުއްދި ސަލާމަތުން ހުރި އެކަކުވެސް ނުދެކޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަވެ.

"އިންޝާﷲ، މޮޅަށް ދެނެވޮޑިގެންވަނީ ﷲތައާލާ" ހަބީބުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިވެވަޑައިގަތުމުން، ފުރަތަމަ ބަލި ގަބޫލު ކުރެއްވިއެވެ. ނަމަވެސް އިންތިހާބު ވަނީ އޮޅުވާލާފައިކަމަށްބުނެ ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

އެ މައްސަލައިގެ ދެ އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާ ވަކީލުން ވިދާޅުވެފައިވަނީ ވޯޓު އޮޅުވާލުމަށް އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ކަމަށާއި އެކަން ސާބިތު ކުރަން ސިއްރު ތިން ހެއްކެއް ހުށައަޅަން ބޭނުން ކަމަށެވެ. ނަމަވެސް ސިއްރު ހެކި ހުށަހެޅުމާއިމެދު މިއަދުގެ އަޑުއެހުމުގައި އަދި ގޮތެއް ނިންމާފައެއް  ނުވެއެވެ.

މިއަދުގެ އަޑުއެހުން މެދުކަނޑާލާފައިވާއިރު ދެން ފަށާނީ 01:30ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް