އަނގޮޓި ގެނައީ އީސީ ރައީސް ޝަރީފްގެ އަމިއްލަ ހަރަދުގައި: ވަކީލުން

ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލަން ފާހަގަ ޖެހުމަށް އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަމިއްލައަށް ކަމަށާއި އެކަން ސާބިތު ކުރުމަށް ސިއްރު ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމ...

15 Oct 2018 | 07:52

ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލަން ފާހަގަ ޖެހުމަށް އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަމިއްލައަށް ކަމަށާއި އެކަން ސާބިތު ކުރުމަށް ސިއްރު ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާ ވަކީލުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

އިންތިހާބު ބާތިލު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގާ މިއަދުގެ އަޑުއެހުން މެދުކަނޑާލާފައިވާއިރު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައިވަނީ ސިއްރު ހެއްކާއިމެދު ގޮތެއް ނިންމާނީ ބްރޭކަށް ފަހު ކަމަށާއި ސިއްރު ހެކި ގަބޫލު ކުރުމާއިމެދު ގޮތެއް ނިންމާނީ ދެ ފަރާތަތަށްވެސް ބަހުސް ކުރުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގެ ދެވަނަ ދަންފަޅި ފަށާނީ 01:30ގައެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް