ޤައިދީއެއް އިމަޖެންސީކޮށް މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ކަރެކްޝަނުން ބުނެފައިވަނީ އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވީ ހާޓް އެޓޭކެއް ޖެހިފައިވާކަމަށެވެ.
"ޤައިދީ އިމަޖެންސީކޮށް މާލެގެނައީ މެއަށް ތަދެއް އަރައިގެން ހިންމަފުށީ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އީސީޖީގައި މައްސަލަތަކެއް ހުރުމުން އިތުރު ފަރުވާއަށް ޑޮކްޓަރު ރިފަރ ކުރުމުންނެވެ." ކަރެކްޝަންސުން ބުނެފައިވެއެވެ.
ކަރެކްޝަންސުން ބުނެފައިވަނީ ޤައިދީއަށް އިތުރަށް ފަރުވާ ދިނުމަށްޓަކައި މިހާރު ކުރިއަށްގެންދަނީ އެންޖީއޯގްރާމް ހެދުމުގެ މަސައްކަތެއް ކަމަށާއި ހާޓް އެޓޭކެއް ޖެހިފައިވަނީ 10 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުންގެންދާ އުމުރުން 50 އަހަރުގެ ޤައިދީއަކަށް ކަމަށެވެ.
އެ ޤައިދީއަކީ ކުރިން ހިތުގެ އެއްވެސް މައްސަލައެއް ރެކޯޑު ކުރެވިފައިވާ ޤައިދީއެއް ނޫން ކަމުގައިވެސް ކަރެކްޝަންސުން ބުނެއެވެ.
އައްސޭރިޖަލަކީ ފިރިހެން ޤައިދީން ބަލަހައްޓަމުންގެންދާ ޖަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް