ހެއްކާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި

ސިއްރު ހެކިބަހަކީ އިސްލާމް ދީނުގައި ނުވާއެއްޗެއް ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓް ޑިލީޓް ކުރައްވައިފިއެވެ. މައުމޫން ކުރައްވާފައިވާ ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން...

15 Oct 2018 | 06:32

ސިއްރު ހެކިބަހަކީ އިސްލާމް ދީނުގައި ނުވާއެއްޗެއް ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓް ޑިލީޓް ކުރައްވައިފިއެވެ.

މައުމޫން ކުރައްވާފައިވާ ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވުމުގެ ސަބަބުން އެ ޓްވީޓު ޑިލީޓް ކުރައްވާފައިވަނީ ރޭ ގައެވެ.

ރިޔާސީ އިންތިޚާބު ބާތިލްކުރުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސިއްރު ލިޔުންތަކަކާއި ސިއްރު ހެކިންތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމެވުމުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް