އީޕީއޭއިން ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ ޖޫރިމަނާ ކޮއްފި

ގަވާއިދާ ޚިލާފަށް މާލޭގެ ބިމު އަޑިން ފެން ނަގައި، ފެން ބޭރުކޮށްފައިވާތީ ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މި ދެ ތަން...

15 Oct 2018 | 05:54

ގަވާއިދާ ޚިލާފަށް މާލޭގެ ބިމު އަޑިން ފެން ނަގައި، ފެން ބޭރުކޮށްފައިވާތީ ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މި ދެ ތަން ޖޫރިމަނާކުރީ، މާލޭގެ ދެ ސަރަހައްދަކުން ގަވާއިދާ ޚިލާފަށް ފެން ބޭރުކޮށްފައިވާތީ އެވެ.

ހައުސިން މިނިސްޓްރީ 50،000ރ. އިން ޖޫރިމަނާކޮއްފައި ވާއިރު އެމްޑަބްލިއުއެސްސީ ޖޫރިމަނާކޮއްފައިވަނީ 55،000ރ. އިންނެވެ. 30 ދުވަހުގެ ތެރޭގައި މިފައިސާ ދެއްކުމަށް އަންގާފައި ވާއިރު މި ދެތަން ޖޫރިމަނާ ކޮއްފައިވަނީ އިއްޔެއެވެ.

އީޕީއޭއިން ބުނެފައިވަނީ ބިން ފެން ނަގައި ބޭނުންކުރުމުގެ ގަވާއިދުގައިވާ ގޮތުން، އެކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ. އެކަމަކު އެދެތަނުން ވެސް ފެން ބޭރުކޮށްފައި ވަނީ، ހުއްދަ ހޯދުމެއް ނެތި ކަމުގައިވެސް އީޕީއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް