މައްސަލަ ކާމިޔާބުކޮށް ދެވަނަ އިންތިހާބަކަށް ދާނަން: އަދުރޭ

މައްސަލަ ކާމިޔާބުކޮށް ދެވަނަ އިންތިހާބަކަށް ދާނަން: އަދުރޭ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކާމިޔާބުކޮށް ދެވަނަ އިންތިހާބަކަށް ދާނެ...

15 Oct 2018 | 04:51

މައްސަލަ ކާމިޔާބުކޮށް ދެވަނަ އިންތިހާބަކަށް ދާނަން: އަދުރޭ

ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކާމިޔާބުކޮށް ދެވަނަ އިންތިހާބަކަށް ދާނެ ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އިންތިހާބަށްފަހު ޕީޕީއެމް އިން ކޮންމެރެއަކު ބާއްވާ މުޒާހަރާ ތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.

"ޝަރީފަށް ޖެހޭނީ ކުޑަކަކޫ ޖެހެން މި މައްސަލައިގައި. އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ، ތިޔަ ބޭފުޅުންނާ އެކީގައި ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން،" ރައީސް ޔާމީން ވަޑައިގެންނެވި ވަގުތު އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އިންތިހާބު ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައަކީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށެވެ. ނަމަވެސް އޭގެ އެންމެ ފުރިހަމަ މައުލޫމާތު ދެވެން ނެތްކަމަށް ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން، ޝަރީފް ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަންފާ ލިބޭ ގޮތަށް އިންތިޚާބުގެ ކަންކަން ކުރައްވާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް