ބުޅާ ގެންގުޅޭ، ބުޅަލަށް ލޯބިކުރާ ފަރާތްތަކަށް ހަމަ ގައިމުވެސް މި ހަބަރު ވެގެންދާނީ އުފާވެރި ހަބަރަކަށެވެ.
ސްނެޕްޗެޓުން މިވަނީ ބުޅަލަށް ހާއްސަ ލެންސް އެފެކްޓެއް އުފައްދާފައެވެ. އެހެންކަމުން މިހާރު ބުޅަލާއެކު ސްނެޕް ކުރާނަމަ ފިލްޓަރ ފެނިގެންދާނެއެވެ.
މިއީ ސްނެޕްޗެޓް އިތުރަށް ފުރިހަމަ ކުރުމަށް ގެނައި ބަދަލެއް ކަމުގައި ބެލެވޭއިރު މިހާރުވެސް ބައެއް ތަކެތި އޮޓޯއިން ދެނެގަނެ އެއާ ގުޅޭ ފިލްޓަރތައް އޮޓޯއިން ސެޓް ކުރުމުގެ ގާބިލްކަން ސްނެޕްޗެޓް އެޕްލިކޭޝަނަށް ލިބިގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް