އިންތިހާބީ މައްސަލައިގެ އަޑުއެހުމަށް، އިރު ނާރަނީސް ކިއު ހަދައިފި

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވަނުމަށް، އިރު ނާރަނީސް ސުޕްރީމް ކޯޓު ދޮށުގައި ކިއު ދަމާލައިފިއެވެ. ސުޕްރީމް ކޯޓުނ...

15 Oct 2018 | 03:59

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވަނުމަށް، އިރު ނާރަނީސް ސުޕްރީމް ކޯޓު ދޮށުގައި ކިއު ދަމާލައިފިއެވެ.

ސުޕްރީމް ކޯޓުން ހާމަކޮށްފައިވާގޮތުގައި އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތްތައް ނަން ނޯޓު ކުރަމުންދާނީ މިއަދު ހެނދުނު 08:30 އިން 09:45 އަށެވެ.

އިރު އެރިއިރުވެސް ކިޔުގައި ބަޔަކު ތިއްބެވެ. އަދި މިހާރު އެ ކިއު ދިގުވަމުން އަންނައިރު، އިއްޔެއާ ތަފާތު ކަމަކީ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތައް މިއަދު ކިއުގައި މަދުކަމެވެ. އިއްޔެ އެންމެ ކުރިން ކިއުގައި ތިބީ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކެވެ.

އިންތިހާބު ބާތިލުކުރަން ހުށަހެޅި މައްސަލައިގާ އިއްޔެ އަޑުއެހުމެއް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވާފައިވެއެވެ. އެ ކޮމިޝަނުން އިއްޔެ ބުނެފައިވަނީ އެ މައްސަލައަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައެއް ނޫންކަމަށެވެ. އެއީ ހިޔާލީ މައްސަލައެއް ކަމަށެވެ.

އިއްޔެގެ ޝަރީއަތުގައި، ސިއްރު ހެކި ހުށަހަޅަން ބޭނުންވާކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލައިގާ ވަކާލާތު ކުރައްވާ ވަކީލުން އެދިފައިވެއެވެ. ނަމަވެސް އެކަމަށް އަދި ވަކިގޮތެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ ހެނދުނު 10:30 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް