އެމެރިކާގެ އާޓިސްޓަކު ތައްޔާރުކޮށްފައި އޮތް ބޮޑު ބިޔަ މަރުތޭލެއް ބަޔަކު ވަގަށް ނަގައިފިއެވެ.
ޑައުގް އުންރޭ ނަމަކަށްކިޔާ އާޓިސްޓަކު އުފެއްދި އެ މަރުތޭލަކީ ބަރުދަނުގައި 800 ރާތާ ހުންނަ، 21 ފޫޓު ދިގު އަދި ހަ ފޫޓު އުސް މަރުތޭލެކެވެ. މި މަރުތެޔޮ ވަގަށް ނަގާފައިވަނީ މިދިޔަ ހަފްތާ ބަންދުގައެވެ.
މި މަރުތެޔޮ ވަގަށް ނަގާފައިވަނީ ޑިސްޕްލޭއަށް ކެލިފޯނިއާގެ ހެލްޑްސްބާގް ކޮމިއުނިޓީ ސެންޓަރުގައި ބަހައްޓާފައި ހުއްޓައެވެ.
މި މަރުތެޔޮ އުފެއްދި އާޓިސްޓު ބުނެފައިވާގޮތުގައި އެ މަރުތޭލަކީ 15 ހާސް ޑޮލަރުގެ އަގު ހުރި މަރުތޭލެކެވެ. އަދި އެ މަރުތެޔޮ އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ މަދުވެގެން އަށް މީހުންނަށް ކަމުގައި އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް