ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއެކު 21 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަޔަކު ވިލިމާލެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޮކްޓީވަރު މަހުގެ 13 ވަނަ ދުވަހު 09:50 ހާއިރު ކަމަށެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެވަގުތު އޭނާ ހުރި ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރޭގައި އޮތް ފޯނެއްގެ ކަވަރެއްގެ ތެރެއިން ކަމަށާއި މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަންހެން މީހާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް