މަޖިލީހުން ރުހުންދެއްވި ހަތަރު ބޭފުޅުން އެންއައިސީއަށް އައްޔަން ކުރައްވައިފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުން މަޖިލީހުން ރުހުންދެއްވި ހަތަރު ބޭފުޅުން އެ ކޮމިޝަންގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރައްވައިފި އ...

15 Oct 2015 | 07:32

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުން މަޖިލީހުން ރުހުންދެއްވި ހަތަރު ބޭފުޅުން އެ ކޮމިޝަންގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

އެންއައިސީއަށް މި ބޭފުޅުން އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެންއައިސީގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދާއި، އައްޑޫ މީދޫ، ހަސަންކާރިގޭ، މުހައްމަދު ފަރުހާދާއި، ބ. އޭދަފުށި ގުލިސްތާނުގޭ ހާއްސާނު ހަމީދާއި، ހދ. ނެއްލައިދޫ ދިލްޝާދު އަލްއުސްތާޒާ ޚަދީޖާ އަބްދުﷲ އެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން މާނިއު އަކީ ސީއައިސީގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އަދި މުހައްމަދު ފަރުހާދަކީ ޕީއައިސީގެ ނާއިބް ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ހަދީޖާ އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެސިސްޓެންޓް ޑިރެކްޓަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް