ދެ ކޮފީދަޅު ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި

ވަގަށްނަގާފައިވާކަމަށްބެލެވޭ  500 ގްރާމުގެނެސްކެފޭ ކޮފީ ދެ ދަޅާއެކު ދެމީހަކު ހައްޔަރުކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ...

15 Oct 2015 | 07:10

ވަގަށްނަގާފައިވާކަމަށްބެލެވޭ  500 ގްރާމުގެނެސްކެފޭ ކޮފީ ދެ ދަޅާއެކު ދެމީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް މިމީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެރޭ 7:15 ހާއިރު މިރިޔާސް މަގުން ކަމަށެވެ.

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ކޮފީދަޅު ފެނިފައިވަނީ މިމީހުން މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކުގެ އަތުގައި އޮތް ދެ ދަބަހެއްގެ ތެރެއިން ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ދެ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެ މީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް