ފަލަސްތީނުގެ ރައްޔިތުންނަށް ޤުދުސް އަށް ނުވަދެވޭގޮތް ހެދުމުން އެ ސަރަހައްދުގައި އިޒްރޭލުގެ ޔަހޫދީންނާއި ފަލަސްތީނުގެ މުސްލިމުންނާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި އިޒްރޭލުން ދިން ހަމަލާތަކުގައި އިއްޔެވެސް ދެ މީހަކު ޝަހީދު ކޮށްލައިފި އެވެ.
ފުރަތަމަ ހަމަލަގައި ޝަހީދުވި މީހާގެ ގަޔަށް އިޒްރޭލު ފުލުހުން ބަޑި ޖެހީ އިޒްރޭލު ފުލުހުންނަށް ވަޅިން ހަމަލާ ދޭން އުޅޭކަމަށް ޝައްކު ކުރެވިގެން ކަމަށް އިޒްރޭލު ފުލުހުން ބުނެ އެވެ. އަދި ދެވަނަ މީހާ ޝަހީދުކޮށްލާފައިވަނީ ގުދުސް ކައިރި ބަސް ސްޓޭޝަނެއްގައި ހުރި އިޒްރޭލުގެ 70 އަހަރުގެ މީހަކަށް ފަލަސްތީނުގެ ރައްޔިތަކު ވަޅިން ހަމަލާ ދިނުމުން ކަމަށްވެސް އިޒްރޭލު ފުލުހުން ބުނެ އެވެ.
މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގައި ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 31 ރައްޔިތަކު ޝަހީދުކޮށްލާފައި ވެ އެވެ.
މައްސަލަ ހޫނުވެގެން ދިޔައީ ޤުދުސްއަށް ފަލަސްތީނު ރައްޔިތުންނަށް ނުވަދެވޭ ގޮތަށް އިޒްރޭލު ފުލުހުން ނިންމުމުންނެވެ. ޤުދުސްއަކީ މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަޤްޞާ ހުންނަ މާތް ބިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް