މަސްތުވާތަކެއްޗާއެކު ހުރާއިން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ތިން ޕެކެޓާއި ހަތް ސެލޯފިންކޮޅާ އެކު ތިން މީހަކު ކ.ހުރާއިން ހައްޔަރުކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަ...

15 Oct 2015 | 03:29

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ތިން ޕެކެޓާއި ހަތް ސެލޯފިންކޮޅާ އެކު ތިން މީހަކު ކ.ހުރާއިން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  22 އަހަރުގެ ދެ ފިރިހެނަކާއި  23 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ މި ތިން މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ކ.ހުރާ އިރު ދެކުނު ކަންމަތީ ވަލުތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން ތިބިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކ.ހިންމަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގިއޮޕަރޭޝަނެއްގައި 2015 އޮކްޓޫބަރ 13 ވަނަ ދުވަހުގެ ރޭ 11:40 ހާއިރު ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކާއި ސެލޯފިންކޮޅުތައް ފެނިފައިވަނީ މި ތިން މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްބަލައިފާސްކުރިއިރު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީގް ކުރިޔަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް