ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވައްދާ ކަމަށް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެެވެ.
މަލީހު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ކާކުކަން ނޭނގޭހެން ނަން ފޮރުވާފައި މަލީހުއާއި މީހަކު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓެއް ވަނީ ހިއްސާ ކޮށްފައެވެ. އޭގައި ވާގޮތުން، އައްޑޫ ސިޓީ މަރަދޫގައި ޕީއެންސީއަށް ފޯމު ފުރަނީ ރައީސް ޔާމިންގެ ޕާޓީ ޕީއެންއެފްގެ ނަން ބޭނުންކޮށްގެން އޮޅުުވާލައިގެން ކަމަށް ވެއެވެ.
އެހެން ނަމަވެސް މި ވާހަކަތަކަކީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކަތަކެއް ކަމަެއް ނޭނގެއެވެ.
މަލީހު ވަނީ ރައީސް ޔާމިން ގެ ނަން ބޭނުން ކޮށްގެން ޕީއެންސީއިން ހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ގޮވާލާފައެވެ.
ވެރިކަން ކުރާ ކޯލިޝަން ޕާޓީ ޕީއެންސީއަށް ބޯގިނަ ކުރުމަށް އެ ޕާޓީން ދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް